ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2015/8
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 21 ސެޕްޓެންބަރު 2015 14:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން

01

ބޭނުންވާ އަދަދު

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (GS4)

މަޤާމު

މަހަކު -/1500 ރުފިޔާ

ސާރވިސް އެލަވަންސް

-/5,020 ރުފިޔާ

މުސާރަ

އެޑްމިން އެންޑް އައި.ޓީ ސެކްޝަން. 

ސެކްޝަން

ޖުވެނައިލް ކޯޓު/ މާލެ 

މަސައްކަތްކުރަންޖެހޭތަން

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު؛

  1. މަތީ ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު GS3 ރޭންކުގައި މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓިފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ،
  3. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު GS3 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ އަސާސީ ޝަރުޠު

ކޮމްޕިއުޓަރުތަކާއި ނެޓްވޯކް އަދި ރެކޯޑިންސިސްޓަމްތަކާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތަކާއި ސަރވަރ އަދި ވެބްސައިޓަށް ދިމާވާ މައްސަލަތައްދެނެގަނެ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި، އައިޓީއާ ގުޅުންހުރި އެހެނިހެން އިކްއިޕްމަންޓްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ކަންކަންކުރުން.

ކޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އައިޓީއާގުޅޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  މި މަޤާމުތަކަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 ލިބޭނެ.
  • ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުންލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.

އުޖޫރައާއި ޢިނާޔަތްތައް

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް

21 ސެޕްޓެންބަރު 2015 ދުވަހުގެ 14:00  

ސުންގަޑި

 

30 އޮގަސްޓް 2015