ބީލަން
ނަންބަރު: (IUL)422/422/2025/35
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 07 ޖުލައި 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީގައި ކުނިމެނޭޖުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ގދ.ފިޔޯރީގައި ކުނި މެނޭޖުކޮށް، ކުނިކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކޮންޓްރެކްޓު އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 07 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދަޢުވަތު އަރުވަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު  19/2014(އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބީލަން ހުށަހެޅުން އޮންނާނީ 2025 ޖުލައި 15 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މަތީގައި ދެންނެވުނު ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓަރ ކުރެވި އަދި މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ، ރަޖިސްޓަރވާ ފަރާތްތަކަށެވެ.    

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖޫން 2025