މަސައްކަތް
ނަންބަރު: (IUL)TAH-D/TAH/2025/30
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 08 ޖުލައި 2025 13:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް

މި ހޮސްޕިޓަލްގެ ނަންބަރު: 25) (IUL)TAH-B/TAH/2025/23 މޭ (2025 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ޝަރުތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލުމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 08 ޖުލައި 2025 ވާ އަންގާރަ ދުވަހު 13:00 އަށް މިއޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ނުވަތަ ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން:   02 ޖުލައި 2025 ވާ ބުދަ ދުވަހުގެ  13:00 ގެ ކުރިން

ބިޑް ހުޅުވުން:    08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންވެލައްވާނަމަ 02 ޖުލައި 2025 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

25 ޖޫން 2025