މަސައްކަތް
ނަންބަރު: (IUL)13-K/13/2025/131
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 09 ޖުލައި 2025 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2025/NC-005)

 

1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2025/123 )12 ޖޫން 2025) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށް މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 25 ޖުން 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ.

3. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖޫން 2025ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

5. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 9 ޖުލައި 2025 ވާ ބުދަ ދުވަހު 14:00 ގެ ކުރިން،  "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ ޢީމެއިލް މެދުވެރިކޮށް މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: +960 3349102, +960 3349106, +960 3349115

އީ މެއިލް:. [email protected]

ކޮޕީ:  [email protected]

 

25 ޖޫން 2025