ދިވެހިރާއްޖެ
ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ފުރުޞަތު |
||
މިއީ 31 އޮގަސްޓު 2015 ގައި ކުރެވުނު އިޢުލާން ނަންބަރު 110/IUL)166-Schol/166/2015) ބާޠިލުކޮށް، އެއިޢުލާނުގެ ޝަރުޠުތަކަށް ބަދަލުގެނެސް ކުރެވިފައިވާ އިޢުލާނެކެވެ. |
||
ނޭޕާލް |
ޤައުމު: |
|
ކޯހުގެ ފެންވަރު: ޕޯސްޓްގްރެޖުއޭޓް |
ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް |
އިންސްޓިޓިއުޓް: |
- 2 އޮފްތަމޮލޮޖީ |
ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް: |
|
|
ޝަރުޠު: |
|
1. މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށެވެ. ނަމަވެސް އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ. 2. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެސަރުކާރު ހޮސްޕިޓަލެއް / ޞިއްޚީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލިބިއްޖެނަމަ، ދެން އިސްކަންދޭނީ، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ. 3. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ އަދި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒެއްގައިމަސައްކަތްކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލުބިއްޖެ ޙާލަތެއްގައި ދެން ފުރުޞަތުދެވޭނީ އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް / ޞިއްޙީ މަރުކަޒު އަދި ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގައި މަސައްކަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ. 4. މަތީގައި ދެންނެވިފައިވާ ތިން ގޮތަށްވެސް ބަލައިގެންވެސް ފުރުޞަތުގެ އަދަދަށް ކެންޑިޑޭޓުން ނުލިބިއްޖެނަމަ ދެން ފުރުޞަތުދެވޭނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
|
އިތުރު މަޢުލޫމާތު: |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 15 ސެޕްޓެންބަރު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 15:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |