މަސައްކަތް
ނަންބަރު: (IUL)14-PR/1/2025/53
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 06 ޖުލައި 2025 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑްއޮފީސް އިމާރާތުގެ 7 އަދި 8 ވަނަ ފަންގިފިލާގެ ބޮޑުތަކުރުފާނުމަގާއި ވީ ފަރާތުން އިމާރާތުގެ އެތެރެއަށް ފެންވަންނަ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

   މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑްއޮފީސް އިމާރާތުގެ 7 އަދި 8 ވަނަ ފަންގިފިލާގެ ބަޑުތަކުރުފާނުމަގާއި ވީ ފަރާތުން އިމާރާތުގެ އެތެރެއަށް ފެންވަންނަ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލް ފޮނުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

   ބީލަމުގައި ރަޖިސްޓްރީވުމަށް ([email protected]) އަށް 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޖޫން 2025