މަސައްކަތް
ނަންބަރު: J3C-A/2025/08
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 06 ޖުލައި 2025 11:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓުގެ ފާޚާނާ މަރާމާތުކުރުން

        ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި އެއްގޮތަށް ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް 16 ޖޫން 2025 ވަނަ ދުވަހު ކުރި މި ކޯޓުގެނަންބަރު: J3C-A/2025/05 އިޢްލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢްލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢްލާނު ކުރަމެވެ.

        މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

        އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

       ބީލަން ހުށަހަޅާނީ 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ވ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. 

        މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

25 ޖޫން 2025