ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-195/2013/IUL-35
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 17 ސެޕްޓެންބަރު 2015 14:00
ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ބޭނުންވާ އަދަދު: 01 ( އެކެއް )

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ނިލަންދޫ ސްކޫލް

ކްލެސިފިކޭޝަން: ޖީ. އެސް 4

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު ، ސެކަންޑްރީ ސެޓްފިކެޓް އިމްތިހާނުގެ  " ދިވެހި " މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަޤާމަށް ބޭނުންވާ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 06 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  4. ވަކިވަކި ދާއިރާ ތަކުގެ އޮނިގަޑުގައި އެދާއިރާއަކުން ޖީ.އެސް 3 ގެ ރޭންކަށް ކަޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބަލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްސްއެއް ލިބެމުން ދިއުމާއެކު ޖީ.އެސް 2 ގެ ރޭންކު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  6. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ޖީ.އެސް 3 ރޭންކުގެ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ އަސާސީ މުސާރަ: -/4465 ރުފިޔާ 

ސާވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ: މިމަޤާމުގައި މަސައްކަތްކުރާ މުވައްޒަފަށް ވެސް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިވާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް
  • މަސައްކަތުގެ ދާއިރާއިން  ލިބިފައިވާ ތަޖުރިބާ
  • ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަވިއު

މަޤާމުގެ މައިގަޑު މަސައްކަތް:

  • އިދާރީ މަސައްކަތް
  • އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތް

އިންޓަވިއު ކުރުން

މިވަޒީފާއަށް އެދިފައިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ އިތުރުވާނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • ސިވިލްސާވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރުމަށްފަހު) މިފޯމު މިސްކޫލުން ލިބެން ހުންނާނެ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ސާފު ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)
  • ލިބިފައިވާ ތަޖުރިބާ ހާމަކޮށްދޭ ލިޔުންތައް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސީ،ވީ
  • ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ކުރިމަތި ލުމުގެ މުއްދަތާއި، ކުރިމަތިލާނެގޮތް:

މިމަޤާމަށް ކުރިމަތިލެއްވުމުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސާވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރެއްވުމަށްފަހު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު 17 ސެޕްޓެންބަރު 2015 ވާ ހޯމަދުވަހުގެ މެންދުރުފަހު 02:00 ގެކުރިން މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 7983074

އީމެއިލް :[email protected]

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015