ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/250
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 29 ސެޕްޓެންބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގ ނުވަތަ އެއާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގ ނުވަތަ އެއާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބައިނަލް އަގުވާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓް އާއި ޕޮލިއުޝަންގެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ޔުނިޓުގެ ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން،
  2. ވޭސްޓް މެނޭޖްމަންޓް ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީ ކުރުމަށްޓަކައި ރާއްޖެ ޒޯންތަކަކަށް ބަހާލުމަށްޓަކައި އެކަމާ ބެހޭގޮތުން ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް އެބައްދަލުވުންތަކަށް ބޭނުންވާ ޑޮކިއުމަންޓްތައް ތައްޔާރުކުރުން،
  3. ޔުނިޓްގެ ފައިލިންގ ސިސްޓަމެއް ގާއިމުކޮށް ޔުނިޓްގެ މަސައްކަތްތަކާބެހޭ ޑޮކިއުމަންޓްތައް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އަދި އެ ޑޮކިއުމަންޓްތައް ތަރުތީބުކޮށް ބެލެހެއްޓުން، 
  4. ޔުނިޓް ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  5. ޑިޕާރޓްމަންޓާއި އޮފީހުގެ އެހެނިހެން މުވައްޒަފުންނާއި ގުޅުން ބަދަހިކޮށް އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން
  6. މިނޫނަސް އޮފީހުން އަންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި  (ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 29 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ސެޕްޓެންބަރު 2015 އާއި 22 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015