ކުއްޔަށް ދިނުން
ނަންބަރު: (IUL)278/278/2025/25
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:09
ސުންގަޑި:
10 ޖުލައި 2025 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ނަރުދޫ ރައްޔިތުންގެ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުން
- ށ. ނަރުދޫ ރައްޔިތުންގެ ބަންޑާރަ ރުއްތައް 3 އަހަރުދުވަހަށް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ބަންޑާރަ ރުއްތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2025 ޖުލައި 02 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 10 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- ބަންޑާރަ ރުއްތައް ކުއްޔަށް ދިނުމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި ބީލަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއިދާރާއިން ގަންނަން ލިބިލައްވާނެއެވެ. ބީލަން ޑޮކިއުމަންޓް ސެޓްގެ އަގަކީ -/50ރ. (ފަންސާސް ރުފިޔާ) އެވެ.
- މި ކަމާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
24 ޖޫން 2025