ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-SR/1/2015/242
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 17 ސެޕްޓެންބަރު 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ

ސ. ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޕްރޮޖެކްޓް އިންޖިނިއަރ

މީހުން ބޭނުންވާ އަދަދު

1

ކޮންޓްރެކްޓްގެ މުއްދަތު

01 އަހަރު

މުސާރަ

-/30,840 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

  • ސިވިލް އިންޖިނިއަރއެއް ކަމުގައިވުމާއެކު ސިވިލް އިންޖިނިއަރިންއާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
  • ކޮންސްޓްރަކްޝަން ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއެއްގައި ނުވަތަ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމާއި ޕްރޮޖެކްޓް މެނޭޖްކުރުމުގައި މަދުވެގެން 1 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް

  • އެސް.އެފް.ޑީ/ އޮފިޑް ޕްރޮކިއުމަންޓް އާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ގައިޑްލައިންސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތްތަކަށްވުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަގަޅަސް މުއާމަލާތް ކުރަން އެގުން.
  • މައިކްރޯ ސޮފްޓް އޮފީށް ޕެކޭޗްގެ (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕްއިންޓް، އެކްސެލް އަދި ވޯރޑް) ޕްރޮގްރާމްސްތަކަށް ރަގަޅަށް އެގުން.
  • ސަރުކާރުގެ އިސްވެރިންނާ އަދި އާންމު ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.
  • މަސައްކަތާ ގުޅުން ހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަވިނި ގޮތުގައި ތަންފީޒް ކުރުމުގެ ޤާބިލުކަން ހުރުން.

މިމަޤާމުގެ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ  ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 30:14 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތު ގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

07 ސެޕްޓެންބަރު 2015