ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2025/31
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 03 ޖުލައި 2025 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންސްޓޯލްމަންޓަށް ވޯޓަރ ޕިއުރިފަޔަރ ދޫކުރުން

އުތީމުގެ ރައްޔިތުން ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނާ، އަދި މިރަށަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ( ސިންގަލް ޔޫސް ޕްލާސްޓިކް ) ބޭނުންކުރާ މިންވަރު މަދު ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުމުގެ މަޤުޞަދުގައި އިންސްޓޯލްމަންޓަށް ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ގޭބިސީތަކަށް އެޚިދުމަތް ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

              ވީމާ، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް ފުރުއްވާ ކައުންސިލަށް ހުށަހެޅުއްވުން އެދި ދަންނަވަމެވެ.

             މި ފޯމް ހުށަހެޅުމުގެ އެންމެފަހު ގަޑިއަކީ 2025 ޖުލައި 03 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ފޯމް ކައުންސިލުން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ. 

24 ޖޫން 2025