މަސައްކަތް
ނަންބަރު: (IUL)416-ESMSMS/416/2025/54
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 ޖުލައި 2025 13:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލި މަސްޖިދުއްތަޤްވާ ގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި މަސްޖިދުއްތަޤްވާ ގައި ކުރަންހުރި، ތިރީގައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1- މަސްޖިދުއްތަޤްވާ މިސްކިތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް :

 1)     ފާޚާނާގައި ކުރަންހުރު މަރާމާތު :

  • ފާޚާނާގެ ތަޅުމުގައި މިހާރު ޖަހާފައިވާ މުށިތައް ނެގުމަށްފައު އެތަނުގައި 2 ފޫޓް 2 ފޫޓް ގެ ތަށިމުށިޖަހައި ދިނުން.
  • ފާޚާނާގައި މިހާރު ބަހައްޓާފައިވާ ފާޚާނާތަށި ނަގައި  އެސައިޒްގެ ފާޚާނާތައްޓެއް ބަހައްޓައި ފެން ގުޅުން.

2)     ވޯކްވޭ ހެދުން

  • ވޯކްވޭ ފުޅާކޮށް ހުރިސައިޒަށް ތަޅުންއަޅައި 2 ފޫޓް 2 ފޫޓް ގެ ކުރަކިކަން ހުރި ހުދު ތަށިމުށިޖަހައި ދިނުން.
  • މުށިމަތީގައި ކަޅު ނުވަތަ ފެހިކުލައިގެ ހިމުން ގޮޅި ހުރި މެޓް ވޯކްވޭގެ ދިގުމިނަށް އަޅައި ދިނުން.

3)      އިސްކުރުބަރީގެ ކާނާއި ތަޅުމުގައި ޖަހާފައި ހުރި މުށި ބަދަލުކުރުން

  • އިސްކުރުބަރީގެ ތަޅުމުގައި ހުދުކުލައިގެ ކުރަކި 2 ފޫޓް 2 ފޫޓް މުށިޖަހައި ދިނުން. ކާނުގަނޑުގައި ފަސޭހައި ސާފްކުރެވޭނެފަދަ މުއްޓެއް ޖަހައި ދިނުން.

4)     ދިޔަދޮވި ބަދަލުކުރުން

  • މިސްކިތުގެ އުތުރު، ދެކުނު، ހުޅަނގު ގައި ހަރުކޮށްފައިވާ ދިޔަދޮވިނަގައި އާ ދިޔަދޮވި ހަރުކޮށްދިނުން ( ޓިނު ކުލައާއި ގުޅޭ ދިޔަދޮވި )

5)     ތަޅު ބަދަލު ކުރުން

  • މިސްކިތު އެލްމިނިޔަމް 2 ދޮރުގައި ހަރުކޮށްފައިވާ ތަޅު ބަދަލުކުރުމާއި އެކު އެލް މިނިޔަމް އަތްގަޑު ދޮރުގެ ދެފަރާތުގައި ހަރުކޮށް ދިނުން.

6)     ސީލިންގ ބަދަލުކުރުން

  • މިސްކިތު އުތުރފަރާތު ސީލިން ހަލާކުވެފައިވާ ބައިނަގައި ސީލިންކޮށް ، ކުލަލުން، ބޯޑަރ އެޅުން. މީގެ އިތުރުން ސީލިންއަށް ފެންލީކު ކުރާތަނެއް ހޯދައި ރަގަޅުކުރުން.

7)     މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުން :

  • މިމަސައްކަތް ކުރުމަށް މަޑަވެލި ކައުންސިލްގެ އިދާރާގެ ފަރާތުން އެއްވެސް އެއްޗެއް ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. އެހެންކަމުން، މިމަސައްކަތް ކުރުމަށް ބޭނުންވާ އެންމެހާ ތަކެއްޗަކާއި ސާމާނެއް އަދި މަސައްކަތު މީހުން ހޯދައި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ރައްކާކޮށް ބެލެހެއްޓުމަކީ، މަސައްކަތާއި ޙަވާލުވާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

8)     އަގު ހުށަހަޅާ ފަރާތްތަކުގެ ޚާއްޞަ ސަމާލުކަމަށް :

  • މަސައްކަތުގެ އަގު ހުށަހެޅުމުގެ ކުރިން، މަސައްކަތް ކުރަންޖެހޭ ތަނާއި، ކުރަންޖެހޭ މަސައްކަތާއި، މަސައްކަތް ކުރުމަށް ދީފައިވާ މިންތައް ބަލައި ޗެކް ކުރުމަކީ އަގު ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެކެވެ.
  • މިމަސައްކަތް ކުރުމުގައި، މަސައްކަތާއި ޙަވާލުވާ ފަރާތު (ކޮންޓްރެކްޓަރ) ގެ އިހުމާލުން، މީހަކަށް، ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެގެއްލުމެއްގެ ފުރިހަމަ ބަދަލު، މަސައްކަތާއި ޙަވާލުވާ ފަރާތުން (ކޮންޓްރެކްޓަރ)، މަޑަވެލި ކައުންސިލްގެ އިދާރާއަށް ދޭންޖެހޭނެއެވެ.
  • މަޑަވެލި މަސްޖިދުއްތަޤްވާ މިސްކިތް ގޯތިތެރޭގައި މަސައްކަތް ކުރަންވާނީ، ނަމާދަށް އަންނަ މީހުންނަށް ދަތިނުވާނެ ގޮތަކަށް މަސައްކަތް ރާވާލައިގެންނެވެ.
  • މަސައްކަތްކޮށް ނިމުމުން މަސައްކަތްކުރި ސަރަހައްދުގައި، ކުރި މަސައްކަތުގެ ސަބަބުން ވެފައިވާ ހަޑިއެއްވާނަމަ ފިލުވައި މަސައްކަތުގެ ސަބަބުން ތަން ހުންނަންވީގޮތް ނޫން އެހެން ގޮތަކަށް ހުރިނަމަ އެކަމެއް ރަގަޅުކޮށް އަދި މީގެ އިތުރުން ކުނީގެ ގޮތުގައި އެއްވެސް އެއްޗެއް އުކާލަން ހުރިނަމަ އެއެއްޗެއް ކުނި ގޮނޑަށް އުކާލަންވާނެއެވެ.
  • ހުށަހަޅާ މުއްދަތު 10 (ވިހި) ދުވަހަށްވުރެ ކުރު ވެގެންނުވާނެއެވެ.

 މިއިޢުލާނާއިއެކު، މި މަސައްކަތުގެ 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 07 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު، 13:30 އާއި ހަމައަށް، މިއިދާރާގެ އީމެއިލް:  [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ން ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުޢޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.      

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖޫން 2025