ތަމްރީނު
ނަންބަރު: (IUL)160-AS/PRV/2025/8
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި:
08 ޖުލައި 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަދައްބުރުކޮށް ކީރިތި ޤުރްއާނާމެދު ފުންކޮށް ވިސްނައި ފިކުރުކޮށް ދެނެގަތުމަށް ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް
އިޢުލާން
ތަދައްބުރުކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން
ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް އުނގެނުމާއެކު ތަދައްބުރުކޮށް ކީރިތި ޤުރްއާނާމެދު ފުންކޮށް ވިސްނައި ފިކުރުކޮށް ދެނެގަތުމަށް ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު:
- ޢުމުރުން 15 އަހަރު ފުރިފައިވުން
- ފަރިތަކަމާއެކު ޤުރްއާން ކިޔަން އެނގުމާއެކު ދިވެހި ބަހުން ލިޔެކިޔަން އެނގުން
މުއްދަތު:
- 12 ހަފްތާ
ކިޔެވުން ކުރިއަށްދާނެގޮތް:
- ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ހާޒިރުވެގެން (ސަލްމާން ރަސްގެފާނު މިސްކިތުގެ 3 ވަނަ ފަންގިފިލާ)
ކިޔެވުން އޮންނާނީ:
- ހަފްތާއަކު 2 ދުވަހު (ދުވާލަކު 50 މިނިޓްގެ 2 ގަޑި)
ގަޑި:
- 19:00 – 21:30
ޖާގަ:
- 30 ޖާގަ
ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީ ކާޑުގެ ކޮޕީ
- އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 08 ޖުލައި 2025 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް
( https://forms.gle/jzmiuwDBQaYCjGAGA ) ފުރިހަމަ ކުރެއްވުން އެދެމެވެ.
24 ޖޫން 2025