މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ސްކޫލް އޮފް މެޑިސިން
|
ގްރޭޑް:
|
06
|
ސްޕައިން ޕޮއިންޓް:
|
27
|
މަޤާމުގެ މުސާރަ:
|
މަހަކު 7,835.52ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,358.08ރ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ލައިބްރަރީ މެމްބަޝިޕް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަގާމުގެ ޝަރުތު:
|
- އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުލާސްތައް އޮންނަ ދުވަސްތަކުގައި ޑިއުޓީއަށް ހާޟިރުވުން.
- ސްކޫލަށް އަންނަ ފޯން ކޯލްތަކަށާއި، މީހުންނަށް ޒިންމާދާރުކަމާއި އެކު ޖަވާބުދާރީވުން.
- ސްޓޮކަށާއި ޕްރެކްޓިކަލްތަކަށް ބޭނުންވާ ތަކެތި ދަތިނުވާނޭހެން ހޯދާ ތަކެތިބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުން.
- ސްކޫލްގެ އިންވެންޓްރީ ބެލެހެއްޓުން އަދި މިކަންކަމާގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކުރުމާއި އިންވެންޓްރީގައި ލޭބްލް ހަރުކުރުން.
- ކޯސްތަކާއި ގުޅިގެން ޕަވަރކެމްޕަސް މެދުވެރިކޮށް ސްކޫލުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓްސްތައް ލެކްޗަރާއިން ވިދާޅުވާގޮތަށް ތައްޔާރުކޮށްދިނުމާއި ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
- ސްކޫލަށް ލިބޭ ލިއުންތަކާއި ހަވާލުވެ އެންޓްރީކޮށް ވެރިޔާ ލައްވާ ސޮއިކުރެވި އެ ލިއުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާއި ހަވާލުކުރުން.
- ސްކޫލަށް އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔުމާއި އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބު ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި ފައިލްކުރުން.
- ޤަވާޢިދުން ޔައުމިއްޔާ ލިޔެ ސޮއިކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
- ސްކޫލުގެ އިދާރީ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވާ ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓްސް އަދި ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުން އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާގޮތުގެމަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2025 ޖުލައި 06 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2025-94
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
|