ދިވެހިރާއްޖެ
ިއުލާން ނަންބަރު: FNK-I/IUL/2025/032
އިޢުލާން
05 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 05 (ފަސް) އަހަރު ދުވަހުގެ މުއްދަތަށް މާލެއިން ނުވަތަ ހުޅުމާލެއިން ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.
| 
 | ތާރީޚް | ވަގުތު | 
| ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން | 24 ޖޫން އިން 03 ޖުލައި 2025 | 08:00 އިން 15:00 | 
| މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) | 02 ޖުލައި 2025 | 15:00 މެންދުރު | 
| އަންދާސީ ހިސާބު ހުށަހެޅުން | 06 ޖުލައި 2025 | 13:00 މެންދުރު | 
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރ
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަދެއްނެވީމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.