މަސައްކަތް
ނަންބަރު: GS-190/2015/29
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 17 ސެޕްޓެންބަރު 2015 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ލ.ދަނބިދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ.ދަނބިދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ. ދަނބިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކްލާސްރޫމާއި ސްޓާފްރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS-190/2015/27ފ(12 އޮގަސްޓު 2015) ނަންބަރު އިޢުލާނަށް ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީއާއި، މިއީ މިކަމަށް އިޢުލާނުކުރެވުނު ފުރަތަމަ ފަހަރުކަމަށްވާތީ، މިއިޢުލާނު ކެންސަލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ.ދަނބިދޫ ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

4 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800740 ނަންބަރު ފޯނާއެވެ.

23 ޛުލްޤަޢިދާ 1436    

07 ސެޕްޓެންބަރު 2015