ނީލަން
ނަންބަރު: GS72/IUL/2025/24
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 05 ޖުލައި 2025 16:30
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައިހުރި ބައުތަކެތި ނީލަންކިޔުން

              މިސްކޫލްގެ އިޢުލާން ނަންބަރު:GS-72/IUL/2025/08  އާއި ގުޅިގެން ނީލަމުގައި ނުވިކިހުރި ތަކެތި ދެވަނަފަހަރަށް ނީލަން ކިޔުން 2025 ޖުލައި 05 ވާ ހޮނޮހިރު ދުވަހުގެ ހަވީރު 16:30 ގައި މިސްކޫލް ގޯތިތެރޭގައި އޮންނާނެއެވެ.  މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 ޖުލައި 05 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ށް މިސްކޫލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

          ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ހިފައިގެން 2025 ޖުލައި 05 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އަށް މިސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

          ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ޢަފީފުއްދީން ސްކޫލް  /  ކުޅުދުއްފުށި ސިޓީ
  • ފޯން: 6528041 ، 6528046

އީ-މެއިލް :[email protected]

24 ޖޫން 2025