ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296-A/296/2015/49
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 16 ސެޕްޓެންބަރު 2015 15:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ)

ރޭންކް: ޖީ އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

އިދާރާ: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް ، ޝޯސަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ/ ނ. ފޮއްދޫ

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސްހަތަރު ސަތޭކަފަންސަހައްޓިރުފިޔާ)

ސާރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަރުފިޔާ)

މަޤާމުގެ ގިންތި: ވަގުތީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި އެކި މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. އަބާދީއަށް އަންނަ އުނި އިތުރު ބެލެހެއްޓުމާއި އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  3. ބިމާއި ގޯތި ގެދޮރުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން
  4. ރަށުގައި ކުރެވޭ އިޤުތިޞާދީ އެންމެހާ މަސައްކަތުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން
  5. ޤުދުރަތީ ގޮތުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުމާއި އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮފީހަށް ހޯދަން ޖެހޭ މުދާ ގަވާއިދާ އެއް ގޮތަށް ހޯދާ އިންވެންޓްރީ/ އަދި ސްޓޮކް ބެލެހެއްޓުން.
  7. ރައްޔިތުންގެ މުދަލުގެ ހިސާބު ބެލެހެއްޓުން.
  8. ހުކުރުނަމާދާއި، ކޭތަ ނަމާދާއި، ޢީދު ނަމާދު ކުރުމާބެހޭ އިދާރީ އެންމެހައި މަސައްކަތްތަކާއި، ކަށުކަމާކެމީގެ އެންމެހައި ކަންކަމާ ގުޅޭ އިދާރީ މަސައްކަތް ކުރުން.
  9. ފާހަގަ ކުރާ މުނާސަބަތާއި ގުޅިގެން ހިންގާ ހަރާކަތް ރޭވުގައި އެހީތެވުމާއި އެފަދަ ހަރަކާތްތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  10. ރަށުގައި އުޅޭ ބިދޭސިންނާ ބެހޭ މައުލޫމާތު ލިޔެ ބެލެހެއްޓުން. 

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ " ލިބިފައިވުމާއެކު ، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދި ހުށައަޅުއްވާނީ 2015 ސެޕްޓެންބަރު 16ވާ ބުދަ ދުވަހުގެ މެންދުރު ފަހު 3.00ގެ ކުރީން މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް 6560017)

ހުށައަޅަން ޖެހޭ ލިޔެކިޔުންތައް:

  1. ސިވިލްސާރވިސް ވަޒީފާއަށް އެދި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިއިދާރާއިންނާއި ސިވިލް ސާރވިސްގެ ވެބްސައިޓުންwww.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު( އެޕްލިކޭޝަން ފޯމާ އެކު)
  3. ސިވިލް ސާރވިސް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާ އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރިޑެޓް ކޮށްފައިވާ ސެޓިފިކެޓް، ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓިފިކެޓް ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  6. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު: 2015 ސެޕްޓެންބަރު 27 ވާ އާދިއްތަ ދުވަހާއި 2015 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހާ ދެމެދު ތާރީޚެއްގައި މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާ ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތި ލާފާރަތްތަކުގެތެރެއިން އެންމެ މަތީން މާކްސް ލިބޭ 5 ފަރާތް ސޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރަ އާއި އިނާޔަތްތައް:

  1. ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނުނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މިއިޢުލާން ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ފޮއްދޫ ކައުންސިލް އިދާރާގެ ފޯން 6560016 ނުވަތަ 7558935 އާއިއެވެ. ފެކްސް: 6560017 އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޛުލްޤަޢިދާ 1436

06 ސެޕްޓެންބަރު 2015