މަސައްކަތް
ނަންބަރު: (IUL)450-CA/1/2015/17
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 15 ސެޕްޓެންބަރު 2015 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

ޓްރެއިނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން              

މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ތިރީގައިމިވާ މަޢުޟޫޢުތަކަށް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

  1. Patriarchy, Masculinity and Gender
  2. Power, Use of Force and Consent and Understanding Domestic Violence
  3. Domestic Violence, Types, Causes and Consequences
  4. Human Rights

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި މަތީގައިވާ މަޢުޟޫޢުތަކަށް ސެޝަން ނަގައިދިނުން.  

މަސައްކަތުގެ އަގު

ގަޑިއިރަކަށް -/250 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ތަން

މާލެ އަދި އަތޮޅުތެރެ

ތަޢުލީމާއި ތަޖުރިބާ

 

  1. މި މަޢުޟޫޢުތަކާ ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވުން.
  2. މިފަދަ ސެސަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަންހުރުން.
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރޕޮއިންޓް ޕްރެސެންޓޭޝަން) ބޭނުންކުރަން އެންގުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.
  6. އަތޮޅުތަކަށް މިމަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރިނުވުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ، ސެޝަންތައް ފެސިލިޓޭޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 15 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

23 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015