ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.
މަގާމު |
ފަޅުވެރި |
ބޭނުންވާ ޢަދަދު |
3 (ތިނެއް) |
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,500.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 7 ގެ ފެންވަރު ހުރުން، ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއި، ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން. މީގެ އިތުރުން ކަނޑުމަތީގައި ގިނަ ވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައިހުރުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ލޯންޗްފަހަރުގެ ފަޅުވެރިއެއްގެގޮތުން ކަނޑުމަތީގެ ދަތުރުފަތުރުކޮށްދިނުމާއި، އުޅަނދާއި އުޅަނދުން ދަތުރުފަތުރުކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު މަސައްކަތްކުރުން. 2- އުޅަނދެއް ދަތުރަށް ތައްޔާރުކޮށްދޭއިރު އެންމެމަތީ އަދި އެންމެ ރަނގަޅު ފެންވަރުގައި އެ އުޅަނދެއްގެ ކަންތައްތައް ތައްޔާރުކޮށްދިނުމުގައި މަސައްކަތްކުރުން. 3- އުޅަނދުގެ އެތެރެއާއި ބޭރުގެ މެއިންޓަނަންސް މަސައްކަތްތައް ކުރުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްތައް ސާފުތާހިރުކޮށް ބެލެހެއްޓުން. 4- ލޯންޗްގައި އެމީހަކާ ހަވާލުކުރެވޭ ޑިއުޓީގައި ހިންގާކޮންމެކަމަކަށް ޒިންމާވުން. 5- މަސައްކަތުގެ ވަގުތުގައްޔާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީއެންމެ ރަނގަޅަކަށް ފުރިހަމައަށް ކުރުން. |
މަގާމު: |
ވޮޗަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
4,000.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް: |
1,080.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ، 2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް އެއްވެސް ނުރައްކަލެއް ނާންނާނެގޮތުގެމަތިން ސެކިއުރިޓީ ބެލެހެއްޓުން. 2- ވެހިކަލް ގަރާޖަށް ވަންނަ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކުކުރުމާއި، ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތުގެ ހުއްދަލިބިގެން މެނުވީ އިމާރާތުގެ ތެރެއެއަށް ވަދެއުޅުނަ ނުދިނުން. 3- ވެހިކަލް ގަރާޖުން ބޭރަށް ގެންދެވޭތަކެއްޗަކީ ހުއްދަލިބިގެން ގެންދެވޭތަކެތިތޯބަލާ ޗެކްކުރުން. 4- މަސައްކަތާގުޅިގެން ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. |
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މި ވަޒީފާތަކުގައި މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ. |
އިތުރު ޢިނާޔަތްތައް |
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅުތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 ޖުލައި 3 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
23 ޖޫން 2025