ދިވެހިރާއްޖެ
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އާއި މާލެއަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހަށް ޓްރޭނަރުން ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު IUL)232-AG/232/2015/45 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެކޯހުގައި ކިޔަވައި ދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.
ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް
Module Name |
NO |
Introduction, Fundamentals of Administration and General Office procedure |
1 |
English language proficiency |
2 |
Office Dhivehi |
3 |
Computer proficiency |
4 |
Customer Service, Communication and Telephone Skills |
5 |
Individual excellence: Secrets of Career Success
|
6 |
ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
- ތަޢުލީމް
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތު ތަޖުރިބާ
ހަމަޖެހިފައިވާ އުޖޫރަ
ނަންގަވާ ދެއްވާ ކޮންމެ ގަޑިއަކަށް -/250ރ
ޕޭޕަރ ތައްޔާރުކުރުމަށާއި މާރކުކުރާ ކޮންމެ ޕޭޕަރަކަށް -/25ރ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކޯހުގެ ޓްރެއިނަރުންގެ ގޮތުގައި ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ޓްރޭނިންގ އިނިންސްޓިޓިއުޓްގައި އެފަރާތުން ހަމަޖައްސަވައި ދުވަހެއްގައި ހަމަޖައްސަވާ ގަޑިއެއްގައެވެ. އަދި ޓްރެއިނަރުންގޮތުގައި އައްޔަން ކުރެވޭނީ އިނިންސްޓިޓިއުޓުން ކުރާ އިންޓަވިއުން ފާސްވާ ފަރާތްތައްކަމުގައި ދަންނަވަމެވެ.
23 ޛުލްޤަޢިދާ 1436