ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/159
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 26 ޖޫން 2025 22:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖޫން 24 އިން 26 އަށް، ކޮންމެ ދުވަހެއްގެ 18:30 އިން 22:30 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުން.

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖޫން 24 އިން 26 އަށް، ކޮންމެ ދުވަހެއްގެ 18:30 އިން 22:30 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު ދެކުނަށް 4600 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

24 ޖޫން 2025