ދިވެހިރާއްޖެ
މަޤާމް: ސީނިއަރ ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް،ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް
މަޤާމުގެ ގިންތި: ދާއިމީ
ޑިޕާޓްމަންޓް: މެޑިކަލް
މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް – - ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރ
ތަޢުލީމާއި ތަޖުރިބާ:
މަޤާމް: ސީނިއަރ ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް - ޕީ.އެސް 8
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ:
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 14228.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 6640.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 180.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމް: ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް - ޕީ.އެސް 7
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 12423.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 5797.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 157.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.
އެހެނިހެން އެލަވަންސް:
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
1. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ އެކި އުމުރުގެ މީހުންގެ ކިބައިގައި މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިތޯބަލައި މައްސަލަ ހުރި މިންވަރު ދެނެގަތުމަށް ތަހުލީލުތައް ކުރުން.
2. މުއާމަލާތްކުރުމުގެ އެކި މައްސަލަތަކަށް ފަރުވާ ނުވަތަ ތެރަޕީ ދިނުން
3. އިތުރު ފަރުވާ ބޭނުންވާނަމަ އެކަމާބެހޭ އެހެން ދާއިރާތަކުގެ ބޭފުޅުންގެ ލަފާހޯދުމަށް އިރުޝާދު ދިނުން
4. މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިނަމަ ނުވަތަ ކުރިމަގުގައި މައްސަލައެއް ޖެހިދާނެކަމަށް ލަފާކުރެވޭނަމަ އެ މައްސަލައާއި ކުރަންޖެހޭ ފަރުވާއާ ބެހޭގޮތުން މައްސަލަ ހުރި މީހުންނަށާއި ބެލެނިވެރިންނަށް ކައުންސިލިންގ ދިނުމާއި އެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
5. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.
6. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
ތައުލީމީ ދާއިރާތައް: ސްޕީޗް އެންޑް ލޭންގުއޭޖް ޕެތޮލޮޖީ، އޯޑިއޮލޮޖީ، ސްޕީޗް ޕެތޮލޮޖީ، ކޮމިއުނިކޭޝަން ސައިންސް، އޯޑިއޮލޮޖީ އެންޑް ސްޕީޗް ޕެތޮލޮޖީ، ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ
ކުރިމަތިލުމުގެ ސުންގަޑި: 02 ޖުލައި 2025 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- އައި.ޑީ ކާޑު ކޮޕީ
- އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.