މަސައްކަތް
ނަންބަރު: (IUL)459-GW/459/2015/15
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 15 ސެޕްޓެންބަރު 2015 14:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
'ޢާއިލާއާ ބެހޭ ޤާނޫނު' މުރާޖަޢާކުރުމަށް

މި މިނިސްޓްރީން ވަނީ (ނަންބަރު) ޤާނޫނު 4/2000 "ޢާއިލާއާ ބެހޭ ޤާނޫނު" މުރާޖަޢާކުރުމަށް ރާވާފައެވެ. ޢާއިލާއާ ބެހޭ ޤާނޫނު ރިވިއުކުރުމުގެ މަޤްޞަދަކީ އަލަށް ފެންމަތިވަމުން އަންނަ ބައެއް މައްސަލަތަކަށް މިހާރު އެކުލަވާލައިފައިވާ ޤާނޫނުގެ ތެރެއިން ޙައްލު ހޯދުމަށް ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ގެ 14:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ގެ 14:00 އަށް މިމިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015