ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2025/76
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
02 ޖުލައި 2025 12:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު
އިޢުލާން
ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު އިޢުލާން ކުރުން
މާލެއަތޮޅު ހުރާ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި ހުރާގެ އަލަށް ހިއްކި ބިމުން ގޯތި ދޫކުރުމަށް ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ނަމްބަރު: GU/334/2025/01 ޢާންމު ކުރަމެވެ.
މި އުޞޫލާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ 02 ޖުލައި 2025ގެ މެންދުރު 12:00ގެ ކުރިން ކައުންސިލަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ލިޔުމުން ޝަކުވާ ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
23 ޖޫން 2025