ވަޒީފާގެ ފުރުޞަތު
ނަންބަރު: A/Q10MC/15/2015
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި:
17 ސެޕްޓެންބަރު 2015 15:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން
އިޢުލާން
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަން ޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މަސައްކަތް: މިކޯޓުގައި ހިނގާ މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
- މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.
- ޝަރުޠު: ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.
ވީމާ، މިކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައިޑީކާޑުގެ ކޮޕީއާއެކު ވަނަވަރު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
24 ޛުލްޤަޢިދާ 1436
08 ސެޕްޓެންބަރު 2015