ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2015/16
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 27 ސެޕްޓެންބަރު 2015 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް އިން ޕީޑިއަޓްރިކްސް

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު: ކޮންސަލްޓަންޓް އިން ޕީޑިއަޓްރިކްސް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޯބިނޯޕަތީސް ސެންޓަރުގެ ދަށުން ހިގާ ހުރިހާ މަސައްކަތްތަކެއް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  2. ތެލެސީމިއާއަށް ފަރުވާ ދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވާ ހިންގުން.
  3. ތެލެސީމިއާ އާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ ބެލެނިވެރިންނަށާއި، ޢާންމުކޮށް މުޅި މުޖުތަމަޢުއަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.
  4. ތެލެސީމިއާ ކުދިންނަށް، ތެލެސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަށީގެންވާ ފަރުވާދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  5. ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދިނުން.
  6. ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ކަނޑައެޅުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠު Senior

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ)

ސަރވިސް އެލަވަންސް

ކޮންސަލްޓަންޓް

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް

CS15-5

 

ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑުގެ ފުރަތަމަ ޝަރުޠު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

37,400

10,200

CS15-4

ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑުގެ ފުރަތަމަ ޝަރުޠު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

35,810

10,200

CS15-3

ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑުގެ ފުރަތަމަ ޝަރުޠު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

34,210

10,200

CS15-2

ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑުގެ ފުރަތަމަ ޝަރުޠު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

32,590

10,200

CS15-1

  • މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީއާއި އެއްފެންވަރުގެ ޑިގްރީއެއް ކްލިނިކަލް ސްޕެޝަލްލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިލްސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ،
  • މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއިއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލްކުރާ 2 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީއާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން

30,990

10,200

އިތުރު އިނާއަތްތަށް

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައް

  • ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދައިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮފީހުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކުރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށެވެ. ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ

 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

އިންޓަވިއު ކުރުން

މިވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 29 ސެޕްޓެންބަރު 2015 އާއި 1 އޮކްޓޫބަރު 2015 އާއި ދެމެދު މޯލްޑިވިއަން ބްލަޑް ސަރވިސަސްގައިއެވެ.   

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ސެޕްޓެންބަރު 2015 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ގެޒެޓް ނެރުއްވާ ދުވަސް ދުވަހު ގެޒެޓުގައި ޝާއިޢު ކޮށްދެއްވުން އެދެމެވެ.

07 ސެޕްޓެންބަރު 2015