ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386/386/2025/68
އިޢުލާން
ވޯކްޝޮޕް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން
ވޯރކްޝޮޕް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުމަށް އެދި މިކައުންސިލުން ކުރި (IUL)386/386/2025/51 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު 2 ފަރާތް އެއްވަރުވެފައިވާތީ، މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 1 ނަންބަރު ބިން، މަހަކު އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ހިފުމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޝަތު އަލުން ހުޅުވާލަމެވެ.
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 30 ޖޫން 2025 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން: 6780715
އީމެއިލް އައިޑީ: [email protected]
ބީލަން ހުޅުވުން އޮންނާނީ 03 ޖުލައި 2025 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޛުލްޙިއްޖާ 1446
23 ޖޫން 2025