މަސައްކަތް
ނަންބަރު: (IUL)459-GW/459/2015/15
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 15 ސެޕްޓެންބަރު 2015 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕްލޭނެއް ތައްޔާރުކުރުމަށް

2014 ވަނަ އަހަރު މި މިނިސްޓްރީން ވަނީ 4 އަތޮޅެއްގައި (ހދ، ށ، ތ އަދި ގދ) އަދި ކ.ވިލިނގިލީގައި ޖުމްލަ 5 އަމާންހިޔާ ހުޅުވާފައެވެ. މި އަމާންހިޔާތަކަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ ލިބިފައިވާ އަދި ލިބެމުންދާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ މަޤްޞަދުގައި ބިނާކުރެވިފައިވާ އިމާރާތްތަކެވެ. އެހެންކަމުން، އަމާންހިޔާތަކުން ދެވޭ ޚިދުމަތް ފުރިހަމަ ގޮތެއްގައި އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި އެތަންތަން ހިންގާނެ ޕްލޭނެއް ތައްޔާރުކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. މި މަސައްކަތްތަކީ ޔުނިސެފާއި މި މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތެއްކަމުގައި ދަންނަވަމެވެ.

ވީމާ، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ގެ 13:00 އަށް މިމިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015