މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/287
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 08 އޮކްޓޫބަރު 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ ނިޒާމު ޏ. ފުވައްމުލަކުގައި ޤާއިމުކުރުން

ޕްރޮޖެކްޓް ނަންބަރު: TES/2015/W-141

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ފެނާއި ނަރުދަމާ ނިޒާމު ޏ. ފުވައްމުލަކުގައި ޤާއިމުކުރުން

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކުވައިތް ފަންޑް ފޮރ ޢަރަބިކް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯން އެހީގެ ދަށުން ފުވައްމުލަކުގައި ޤާއިމުކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ ތިރީގައިވާ މަސައްކަތަށް ކޮންޓްރެކްޓަރުން ހޮވުމުގެ ގޮތުން ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ފުރުޞަތު ހުޅުވާލަމެވެ.

  • ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސިވަރޭޖް ފެސިލިޓީސް

މި މަސައްކަތަށް ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ކޮންޓްރެކްޓަރުންނަށް، މިމަސައްކަތަށް ޕްރޯކޮލިފިކޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަރުވަމެވެ.

ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 14 ސެޕްޓެންބަރު 2015އިން ފެށިގެން 8 އޮކްޓޫބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ޕްރީކޮލިފިކޭޝަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކޮންޓްރެކްޓަރުންގެ ކޮލިފިކޭޝަން އިތުރު ކުރުމުގެ ގޮތުން އިތުރު ފަރާތްތަކާ ގުޅުމަކީ ހުއްދަކަމެކެވެ. ޕްރޮޕޯޒަލް ހުށަހަޅާ މަރުޙަލާގައި ދިވެހިރާއްޖޭގެ ނުވަތަ ކުވެއިތުގެ ކޮންޓްރެކްޓަރުންނަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 29 ސެޕްޓެންބަރު 2015 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުންވައިދެއްވުން އެދެމެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

އީމެއިލް އެޑްރެސް: [email protected]

           [email protected]

ޕްރީކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ 11 އޮކްޓޫބަރު 2015 އާދީއްތަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10 ސެޕްޓެންބަރު 2015