ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯހަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mvގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- ބެޗްލަރ އޮފް އެޑިއުކޭޝަން (އޮނަރސް) ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) - ފުލްޓައިމް - ހދ.ކުޅުދުއްފުށި
2- ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) - ފުލްޓައިމް - ކ.މާލެ ، ހދ.ކުޅުދުއްފުށި
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2025 - Term 2
27 ޛުލްޙިއްޖާ 1446