މަސައްކަތް
ނަންބަރު: (IUL)455/1/2015/20
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި:
15 ސެޕްޓެންބަރު 2015 11:00
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރޓަންސް ފަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މިކޮމިޝަނަށް ބޭނުންވާ ކާރޓަންސް ފަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މިއަންދާސީހިސާބާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %55
- ތަޖުރިބާ: %25 (ތަޖުރިބާއަށް މާކްސް ދެވޭނީ 2012 ވަނަ އަހަރުގެފަހުން މިފަދަ މަސައްކަތެއް ނިންމާފައިވާކަން އެނގޭގޮތަށް ދީފައިވާ ލިޔުންތަކަށެވެ.)
- މުއްދަތު: %20 (މުއްދަތު ގުނޭނީ ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.)
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ ދެންނެވީމެވެ.
މި އިޢުލާނަކީ، މިކޮމިޝަނުން ކުރި ނަންބަރު IUL)455/1/2015/18) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ ކޮށްފައިވާ އިޢުލާނެކެވެ.
22 ޛުލްޤަޢިދާ 1436
06 ސެޕްޓެންބަރު 2015