ދިވެހިރާއްޖެ
މި ކޮމިޓީއާއި ހޯނޑެއްދޫ ކައުންސިލާއި ގުޅިގެން، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2025 އިން 15 ދުވަހުގެ މުއްދަތަށެވެ. މިޕްރޮގްރާމުގެ ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ބައިވެރިވުމަށް އެދި ހުށަހަޅުއްވާ ފުރަތަމަ 15 ފަރާތަށެވެ.
ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޮމެޓީގެ މެމްބަރ ސަފޫރާ ޢަބްދުލް ޢަޒީޒް (ފޯން ނަންބަރ:7958018) އާއި ގުޅުއްވުން އެދެމެވެ.
ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://forms.office.com/r/766CTJvKNm
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.