މަސައްކަތް
ނަންބަރު: (IUL)14-A3/1/2015/77
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 17 ސެޕްޓެންބަރު 2015 13:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ހދ.ހަނިމާދޫ ކަސްޓަމްސް އަދި ހދ.ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ހދ.ކުޅުދުއްފުށީ ކަސްޓަމްސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ހދ.ކުޅުދުއްފުށީ ކަސްޓަމްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015