ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2025/50
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 03 ޖުލައި 2025 10:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހދ. ހަނިމާދޫ ކަސްޓަމްސް އޮފީސް އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  ހދ. ހަނިމާދޫ ކަސްޓަމްސް އޮފީސް އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2025/27 (03 މޭ 2025) އިޢުލާނާ އެއްކަރުދާސް ކުރެވުނު މަޢުލޫމާތު ކަރުދާހަށް އިސްލާޙު ގެންނަން ބޭނުންވާތީ، ނަންބަރު (IUL)14-PR/1/2025/27 (03 މޭ 2025) އިޢުލާނު ބާޠިލުކޮށް، ހދ. ހަނިމާދޫ ކަސްޓަމްސް އޮފީސް އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ނުވަތަ ހދ.ހަނިމާދޫ ކަސްޓަމްސް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޖޫން 2025