ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް އިޞްލާޙެއް ގެނައުމާއި، ގޯއްޗަށް އެދި ހުށަހަޅާ ފޯމަށް ގެނައި ބަދަލު ޢާންމުކުރުން
އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 6.12 ވަނަ މާއްދާގެ ފަހަތަށް 6.13 ވަނަ މާއްދާގެގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުމަށާއި، ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން 5 އަދި 6 ގައިވާ 2 ލިޔުން ހުށަހަޅަން ނުޖެހޭގޮތަށް 18 ޖޫން 2025 ގައި ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 2025 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާއިން ވަނީ ނިންމަވާފައެވެ.
1- އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 6.13 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރި މާއްދާ:
6.13 މި އުޞޫލުގެ 6.11 ގައި އެހެންބަޔާންކޮށްފައިވީނަމަވެސް، 2023 ވަނަ އަހަރު އައްޑޫސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާންތަކާ ގުޅިގެން، ގޯއްޗަށް ކުރިމަތިލައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނި، އޭގެ ފަހުން އައްޑޫސިޓީގެ އަވަށް ތަކުން ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާން ތަކާއި ގުޅިގެން، ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށް، އެފަރާތްތަކަށް ގޯތި ނުލިބި ނުވަތަ ގޯތީގެ ގުރުއަތުގެ ނަންބަރެއް ނުލިބޭ ފަރާތްތައް މިއުޞޫލުގެ 6.11 ގެ މާނައިގެ ތެރޭގައި، ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި ނުހިމެނޭނެއެވެ.
2- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް CAT-A އާއި CAT-B އާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން 5 އަދި 6 ގައި ވާ ލިޔުން ފޯމާއެކު ހުށަހަޅަންނުޖެހޭގޮތަށް ނިންމުމުން ތިރީގައި މިވާ 2 ލިޔުން ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަން ނުޖެހޭނެއެވެ.
- ގޯއްޗަށް އެދޭ މީހާގެ މަންމަގެ ނަމުގައި ރަޖިސްޓަރީވެފައިވާ ގޯތިތަކުގެ ރަޖިސްޓަރީގެ ކޮޕީ
- ގޯއްޗަށް އެދޭ މީހާގެ ބައްޕަގެ ނަމުގައި ރަޖިސްޓަރީވެފައިވާ ގޯތިތަކުގެ ރަޖިސްޓަރީގެ ކޮޕީ
ވީމާ މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
26 ޛުލްޙިއްޖާ 1446
22 ޖޫން 2025