މަސައްކަތް
ނަންބަރު: GS-74/2015/18
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 15 ސެޕްޓެންބަރު 2015 14:00
ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
3 ބުރި ޢިމާރާތް، ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޙާފިޡް އަޙުމަދު ސްކޫލް 3 ބުރި ޢިމާރާތް (09 ކްލާސް ރޫމާއި ފާޚާނާ) ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ 3 ބުރި ޢިމާރާތް (9 ކްލާސްރޫމް ފާޚާނާ) ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތެއް ހޯދުމަށް ކުރެވުނު GS74/2015/09ފ(08 ސެޕްޓެންބަރު 2015) އާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ އަގު ބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކުރި ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރީބިޑް މީޓިންގ

އަންދާސީހިސާބު ހުށަހެޅުމަށް

15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00

17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00

27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6861989 ނަންބަރު ފޯނާއެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015