މަސައްކަތް
ނަންބަރު: (IUL)236-CA/236/2025/19
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 14 ޖުލައި 2025 13:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލުން މ.މުލީގައި ޢިމާރާތްކުރަމުންދާ "ކޮމިއުނިޓީ ސެންޓަރ" ދެ ފަންގިފިލާ ހިމެނޭ ޢިމާރާތުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ. އަތޮޅު ކައުންސިލުން މ.މުލީގައި ޢިމާރާތްކުރަމުންދާ "ކޮމިއުނިޓީ ސެންޓަރ" ދެ ފަންގިފިލާ ހިމެނޭ ޢިމާރާތުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތުގެ ގޮތުގައި މަތީބެރި އެޅުމާއި، ކުކުޅަވަހިތައް ރޭނުމާއި، ފައިދޮށްތަކުގެ ދޭތެރެ ރޭނުމާއި އަދި ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ:(IUL)236-CA/236/2025/14 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލަމެވެ.

 

 

ބިޑު ހުށަހެޅުމުގެ ދަޢުވަތު

 

  1. މ.އަތޮޅު ކައުންސިލުން މ.މުލީގައި ޢިމާރާތްކުރަމުންދާ " ކޮމިއުނިޓީ ސެންޓަރ " ދެ ފަންގިފިލާ ހިމެނޭ ޢިމާރާތުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތުގެ ގޮތުގައި މަތީބެރި އެޅުމާއި، ކުކުޅަވަހިތައް ރޭނުމާއި، ފައިދޮށްތަކުގެ ދޭތެރެ ރޭނުމާއި އަދި ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 
  2. މި މަސައްކަތަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ ދަށުންނެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް ބީލަން ފޮތުގައިތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ. ވީމާ، ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައި، އެއާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
  3. މިބީލަމުގައި ބައިވެރިވުމަށް   -/1,000ރ (އެއްހާސް) ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖޫން 22 އިން 2025 ޖުލައި 1 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 Revenue 1) 1408( އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.މި މަޝްރޫޢާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ އިލެކްޓްރޯނިކް ނުސްޚާ (ސޮފްޓް ކޮޕީ) 2025 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބިޑާ ގުޅޭގޮތުން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެކެވެ. 
  4. މި ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 2025 ޖުލައި 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުއްވުމުގެ ކުރިން ޢިމާރާތުގެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން ޢިމާރާތުގެ މަސައްކަތް މިހާރުކޮށްފައި ހުރިގޮތް ބެއްލެވުމަކީ އެދެވިގެންވާކަމެކެވެ.ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން އެ ފަރާތުގެ ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. 
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ.އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން / މ.މުލި

ފޯން:  9607794309

އީމެއިލް [email protected].mv 

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

22 ޖޫން 2025