ތަމްރީނު
ނަންބަރު: (IUL)160-AS/PRV/2025/6
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 01 ޖުލައި 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް

              އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" މި ނަމުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ވަނީ 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ފަސްކުރެވިފައެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

              ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުން 1 ޖުލައި 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.

https://forms.gle/RuUzWFRLJTcexe5w7

 

22 ޖޫން 2025