ދިވެހިރާއްޖެ
މިކުންފުނިން ވިއްކާ މުދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ބޭނުންވެއެވެ.
އެޖެންޓުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅާއި އެއަތޮޅަކުން އެޖެންޓުން ނަގާ އަދަދު.
|
އަދަދު |
އަތޮޅު |
|
1 |
ބ |
|
1 |
މ |
|
1 |
ލ |
|
1 |
ޅ |
އެޖެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ މާލީ ހާލަތު
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ ވިޔަފާރި ހިންގުމުގެ ގާބިލުކަމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވާދަވެރި މުދަލެއް ވިއްކާނަމަ އޭގެ ތަފުސީލު.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާ އަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އެޖެންޓުކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001252 ނުވަތަ 3001140 އަށް ގުޅުއްވުން އެދެމެވެ.
24 ޛުލްޤަޢިދާ 1436