ކުއްޔަށް ހިފުން
ނަންބަރު: N7C-A/2025/01
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 01 ޖުލައި 2025 13:30
ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ވަގުތީ ގޮތުން ޢިމާރާތެއް ކުއްޔަށް ހިފުން

ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ވަގުތީ ގޮތުން ޢިމާރާތެއް ކުއްޔަށް ހިފުން

 

ކޮޅުމަޑުލު ވަންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށްޓަކައި ވަންދޫ ކައުންސިލްގެ އިދާރާ މިހާރު ހިންގާ ޢިމާރާތް ހުސްކުރަން ބޭނުންވާތީ ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ވަގުތީ ގޮތުން ތ. ވަންދޫއިން އެކަށީގެންވާ ޢިމާރާތެއް ކުއްޔަން ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ވަގުތީ ގޮތުން ޢިމާރާތެއް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް، 22 ޖޫން 2025 އިން ފެށިގެން ރަސްމީ ގަޑީގައި މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކުރެވިފައިވާނެއެވެ.

މި ބީލަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ބިޑް މީޓިންގ)، 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:30 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 1 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

22 ޖޫން 2025