ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MRH/2015/004
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 17 ސެޕްޓެންބަރު 2015 14:30
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މި ހޮސްޕިޓަލްގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އައުޓް-ޕޭޝަންޓް ޑިޕާރޓްމަންޓް (އޯޕީޑީ)

ވަޒީފާ އަދާކުރަންޖެހޭ ތަން

މުލީ ރީޖަނަލް ހޮސްޕިޓަލް/ މ. މުލި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް، ފަރުވާ ލިބިގަތުމަށް ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތު ދިނުން.
  2. މެޑިކަލް ރިކޯޑްތައް ތަރުތީބުކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުން.
  3. ހޮސްޕިޓަލްގެ އޯޕީޑީގެ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެހީތެރިވުން.
  4. ހޮސްޕިޓަލުން އަގުނަގާ ޚިދުމަތްތަކަށް އަގުނެގުމަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން.
  5. އެޑްމިޝަން ޑިސްޗާރޖް ބެލެހެއްޓުން.
  6. އިންޝުއަރެންސް ދަށުން ޚިދުމަތްދެވޭ ބަލިމީހުންގެ ބިލްތައް ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުނަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބޭ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެކުރިން މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6720603 އެވެ. ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015