ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)420-PM/242/2015/1003
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 17 ސެޕްޓެންބަރު 2015 15:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮގް މެޝިނެއް ގަންނަން

އަންދާސީހިސާބު ހޯދުން

ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ތިރީގައި މިދަންނަވާ ސައިޒުގެ ފޮގް މެޝިނެއް ގަންނަން ވަނީ ބޭނުންވެފައެވެ. ވީމާ، މިމެޝިން ރަތަފަންދޫ ކައުންސިލްގެ އިދާރާއާ ހަމަޔަށް ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބޭނުންވާ ތަކެތީގެ ތަފުސީލު

01-  ފޮގް މެޝިން 5 ލިޓަރުގެ GF35

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

3. އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ

މިއިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުދާ ފޮނުވައިދޭނެ މުއްދަތު  

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮފައިލްގައި ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

22 ޛުލްޤަޢިދާ 1436

06 ސެޕްޓެންބަރު 2015