މުބާރާތް
ނަންބަރު: (IUL)300-EC/300/2025/37
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 29 ޖޫން 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރަސްގެތީމު ޑަބްލިޔުޑީސީ ހޭންޑް ބޯލް ޓޯރނަމަންޓް 2025 " ގައި ބައިވެރިވުމުގެ ފުރުޞަތު

ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑު ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ 2025 ޖުލައި 18 ވަނަ ދުވަހުން ފެށިގެންނެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު  މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025ޖޫން 29 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން " ރަސްގެތީމު ޑަބްލިޔުޑީސީ ހޭންޑްބޯލް ޓޯރނަމަންޓް 2025 ގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު މެއިލް ކުރައްވާނަމަ [email protected] ، ލިބުނުކަން ކަށަވަރު ކުރުމަކީ، ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިކައުންސިލު ހޮޓްލައިން ނަންބަރު 9777183 ފޯނާއި ގުޅުއްވުން އެދެމެވެ.

19 ޖޫން 2025