ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/142
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:05
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މަސްމާރުކޭޓުގައި ހުސްވެފައިވާ ޖާގާގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އިޢުލާން ކުރެވޭ 01 (އެކެއް) ޖާގައެވެ. އެއީ ޖާގަ ނަންބަރ 5 (ފަހެއް) އެވެ. މިޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް 2025 ގެ ނިޔަލަށެއެވެ.

              މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން "ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު އެކަކަށް ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

              މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޖޫން 2025