ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-FNP/2015/438
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި:
14 ސެޕްޓެންބަރު 2015 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރތަކެއް ގަންނަން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަސްއަށް އެއަރކޮންޑިޝަނަރތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 425/MNU-CA-FNP/2015 ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2015 ވާ (ހޯމަ) ދުވަހުގެ 14:00 ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
23 ޛުލްޤަޢިދާ 1436
07 ސެޕްޓެންބަރު 2015