މުބާރާތް
ނަންބަރު: (IUL)418-AS/418/2025/21
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 07 ޖުލައި 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތް 1447

ނަޑެއްލާ ސްކޫލްގެ ދަރިވަރުންނަށާއި ރަށުގެ އެހެނިހެން ޢާންމު ފަރުދުންނަން އަމާޒުކޮށްގެން މި އަހަރުވެސް ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތެއް އަދި މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބައިވެރިވުމުގެ ގޮތުން ފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސުކޫލް ދަރިވަރުންނަށް އަދި ޢާންމު ފަރާތްތަކަށް މި އިދާރާއިން ފޯމު ލިބެން ހުންނާނެއެވެ. ދެ ކެޓަގަރީގެ ބައިވެރިންވެސް ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ.ކާޑު ކޮޕީ އާއިއެކު، ފޯމު ހުށަހަޅަންވާނީ، ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ.

 

މި މުބާރާތްތަކުގެ ޤަވާއިދުތައް މި ލިންކުން: https://short-link.me/10TKo ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ  07 ޖުލައި 2025 ގެ 13:00 އެވެ. މީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

19 ޖޫން 2025