ދެންނެވުން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 26 ޖޫން 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމިޓީއާށް މެންބަރުން ނެގުމާ ބެހޭ

މި އިޢުލާންވަނީ 19 ޖޫން 2025 11:36 ގައި ބާތިލް ކުރެވިފައެވެ.


އަގު ކޮމިޓީގެ މެމްބަރަކަމަށް ވުމުގެ ފުރުސަތު

އިޢުލާން

Q7C-A/2025/12

މަޤާމް: 

އަގުކޮމިޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު؛  

ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

ބޭނުންވާ އަދަދު:

05

ކުރަންޖެހޭ މަސައްކަތް:

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދާއިރާގެ އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

އުޖޫރައާއި އިނާޔަތްތައް:

 މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ

(ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.)

އަސާސީ ޝަރުތު:

  • ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައަކާ ގުޅިގެން، ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ސިޓީ

އައިޑީކާޑުގެ ކޮޕީ

މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި:

26 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 .

 

19 ޖޫން 2025

19 މޭ 2025