ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/320
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 14 ސެޕްޓެންބަރު 2015 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސުވެނިއަރ ގަތުމަށް

ސުވެނިއަރ ގަތުމަށް ބޭނުންވެއްޖެ

މިނިސްޓްރީގެ ފަރާތުން އެކިއެކި ބޭފުޅުންނަށް ދެއްވާ ހަނދާނީ ހަދިޔާ މި މިނިސްޓްރީއަށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/304) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 11:00 އަށް

17 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015